ދިވެހި|English Aug 24, 2026 · 08:01
Top banner
Advertisement
ސުޕްރީމް ކޯޓުން އެއްމަހުގެ ރިސެސްއަކަށް
News

ސުޕްރީމް ކޯޓުން އެއްމަހުގެ ރިސެސްއަކަށް

އއަހުމަދު މުހައްމަދުDec 1, 2024
ސުޕްރީމް ކޯޓުން އެއްމަސް ދުވަހުގެ ރިސެސްއަކަށް ގޮސްފިއެވެ. މި ރިސެސްގައި ކޯޓު އޮންނާނީ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ ދުވަހާ ހަމައަށެވެ. ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ރިސެސް ފެށެނީ ނޮވެމްބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުއެވެ. މި މުއްދަތުގައި ކޯޓުގެ ޝަރީއަތުގެ އަޑުއެހުންތައް ނުބޭއްވުނު ނަމަވެސް، އިދާރީ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށް ކޯޓުން ބުނެފައިވެއެވެ. ސުޕްރީމް ކޯޓު ރިސެސްއަށް ދިޔައިރު، މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރަން ހުށަހަޅާފައިވާ މައްސަލައެއް ވެސް އެ ކޯޓުގައި އެބައޮތެވެ. މި މައްސަލަ ހުށަހެޅީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިނެވެ.

Related News