ދިވެހި|English Aug 24, 2026 · 08:43
Top banner
Advertisement
ނައީމާގެ މަރު: ދައުލަތުން ބައެއް ހެކި ކޯޓަށް ހުށަހަޅައިފި
News

ނައީމާގެ މަރު: ދައުލަތުން ބައެއް ހެކި ކޯޓަށް ހުށަހަޅައިފި

އއަހުމަދު މުހައްމަދުDec 4, 2024
ނ. މަނަދޫގައި ނައީމާ މޫސާ މަރާލި މައްސަލައިގައި ދައުވާލިބޭ އަބްދުލް ވާހިދު ރިފާސްގެ ސެލް ލޮކޭޝަނާއި ކޯލް ރެކޯޑިންތައް ދައުލަތުން މިއަދު ކޯޓަށް ހުށަހަޅައިފި އެވެ. މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ރިފާސްގެ އިތުރުން އަހްޒަމް އަބްދުއްޝަކޫރު އަދި ހަސަން ފަވާޒުގެ ސެލް ލޮކޭޝަނާއި ކޯލް ރެކޯޑިންތައް ހިމެނެ އެވެ. މީގެ އިތުރުން ނައީމާ މަރާލި ވަގުތު ބޭނުންކުރި މާސްކާއި އަންގި އަދި ދެ ވަޅި ވެސް ހެކީގެ ގޮތުގައި ހުށަހެޅި އެވެ. ދައުލަތުން ބުނީ ރިފާސް ކުރިން ދިން އިއުތިރާފު ބަޔާނުގައި ކިޔައިދިން ގޮތަށް ހާދިސާ ހިނގާފައިވާކަން ސާބިތު ކުރުމަށް ޑީއެންއޭ ތަހުލީލު ރިޕޯޓާއި އެހެނިހެން ހެކިތައް ވެސް ހުށަހަޅާފައިވާ ކަމަށެވެ. ރިފާސްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ ވެސް ކޮށްފައިވެއެވެ. މީގެ ތެރެއިން މީހަކު މެރުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނީ މަރުގެ އަދަބެވެ.

Related News