ދިވެހި|English Aug 24, 2026 · 08:01
Top banner
Advertisement
ޒަކިއްޔާގެ މަރު: ވަޅިން ފިންގަރ ޕްރިންޓް ނެގުމުގެ މަސައްކަތް ކުރިއަށްދަނީ
News

ޒަކިއްޔާގެ މަރު: ވަޅިން ފިންގަރ ޕްރިންޓް ނެގުމުގެ މަސައްކަތް ކުރިއަށްދަނީ

އއަހުމަދު މުހައްމަދުDec 4, 2024
ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ހާދިސާ ހިނގި ތަނުން ފެނުނު ވަޅިން ފިންގަޕްރިންޓް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތު އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓުގެ އިސްވެރިޔާ ހަސަން ސާމިހު ވިދާޅުވީ ހާދިސާ ހިނގި ތަނުން ފެނުނު ވަޅިއަކީ ޒަކިއްޔާމެން ގޭގައި ގެންގުޅޭ ވަޅިއެއް ކަމަށެވެ. ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިން ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު އެވެ. އޭނާގެ ހަށިގަނޑުން އަނިޔާގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން ޒަކިއްޔާ މަރާލާފައިވާ ކަމަށް ބެލެވޭނެ ހެއްކެއް ހޯދިފައި ނުވާ ކަމަށެވެ. އަދި މި މައްސަލައިގައި ބޭރުގެ މާހިރުންގެ ރައުޔު ހޯދުމަށް ވިސްނަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

Related News