ދިވެހި|English Aug 24, 2026 · 09:37
Top banner
Advertisement
ބާ އިމްތިހާނުން އެންމެމަތީ މާކްސް އަލީ ޖަޒީލަށް
News

ބާ އިމްތިހާނުން އެންމެމަތީ މާކްސް އަލީ ޖަޒީލަށް

އއަހުމަދު މުހައްމަދުDec 6, 2024
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ދަރިވަރެއް ކަމަށްވާ އަލީ ޖަޒީލް އަހުމަދު ވަނީ މިއަހަރުގެ ބާ އިމްތިހާނުން އެންމެ މަތީ މާކްސް ހޯދައިފިއެވެ. ބާ ކައުންސިލުން މިއަދު ހާމަކުރި ނަތީޖާގައި، މި އަހަރުގެ އިމްތިހާނުގައި ބައިވެރިވި 183 ކެންޑިޑޭޓުންގެ ތެރެއިން 57 ޕަސަންޓު ވަނީ ފާސްވެފައެވެ. އަދި އެންމެ މޮޅު 14 ދަރިވަރުންގެ ލިސްޓުގައި ވިލާ ކޮލެޖް އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ގިނަ ދަރިވަރުން ހިމެނެއެވެ. އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ 85 ޕަސަންޓަކީ ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ލޯ ޑިގްރީ ހާސިލުކޮށްފައިވާ ދަރިވަރުންނެވެ. އަދި 15 ޕަސަންޓަކީ ބޭރު ގައުމުތަކުގެ ޔުނިވަސިޓީތަކުން ތައުލީމު ހާސިލުކޮށްފައިވާ ދަރިވަރުންނެވެ. މި އަހަރުގެ އިމްތިހާނަކީ އިންޓަނޭޝަނަލް ޓެސްޓިން ކޮލިޓީ ސްޓޭންޑަޑްތަކަށް ފެތޭ އިމްތިހާނެއްގެ ގޮތުގައި ބޭއްވުނު އިމްތިހާނެކެވެ. މިކަމަށް ޔޫއެސްއޭއައިޑީ އަދި އެމެރިކަން ބާ އެސޯސިއޭޝަން އިން ވަނީ މާލީ އަދި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދީފައެވެ.

Related News