ދިވެހި|English Aug 24, 2026 · 08:43
Top banner
Advertisement
މުސާރަ ނުދީގެން ބިދޭސީން ތަކެެއް މުލީއާގެ ކައިރިއަށް އެއްވެއްޖެ
News

މުސާރަ ނުދީގެން ބިދޭސީން ތަކެެއް މުލީއާގެ ކައިރިއަށް އެއްވެއްޖެ

ޟޟަމްރަތު އަހްމަދުDec 7, 2024
މުސާރަ ނުދޭ ކަމަށްބުނެ މުލިއާގެ ކައިރިއަށް އެއްވި ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ވިދާޅުވީ މުސާރަ ނުދޭ ކަމަށް ބުނެ މުލިއާގެ ސަރަހައްދަށް އެއްވީ އިންޑިއާއި ބަނގްލަދޭޝް މީހުން ކަމަށެވެ. އޭގެތެރޭގައި ބަންގާޅުގެ 17 މީހަކާއި އިންޑިއާގެ 38 މީހަކު ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ މިހުން އެތަނަށް އެއްވެ ހިތްހަމަ ނުޖެހުން ފާޅުކުރަމުންދަނިކޮށް އެތަނަށް ފުލުހުން ގޮސް ވަނީ ފަހަތަށް ޖައްސައިފައެވެ. އެމީހުން މަސައްކަތް ކުރާ ކުންފުންޏެއް ވެސް އެނގިފައެއް ނުވެއެވެ. އަދި އެއީ އެތައް ކުންފުންޏެއްގައި މަސައްކަތް ކުރާ ބައެއް ކަމެއް ނުވަތަ ނޫން ކަމެއްވެސް އެނގިފައެއް ނުވެއެވެ. އެމީހުންނަށް ނުދީއޮތީ ކިތަށްމަހުގެ މުސާރަ ކަމެއްވެސް އެނގިފައެއް ނުވެއެވެ. އަމިއްލަ ތަންތަނުގައި މަސައްލަތްކުރާ ބިދޭސީންނަށް މަހުންމަހަށް ގަވައިދުން މުސަރާ ނުދޭ މައްސަލައަކީ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ.

Related News