ދިވެހި|English Aug 24, 2026 · 08:39
Top banner
Advertisement
އެމްޑީޕީގެ ބޮޑު ޖަލްސާގައި އަޅުގަނޑު ބައިވެރި ނުވަން: އުމަރު
News

އެމްޑީޕީގެ ބޮޑު ޖަލްސާގައި އަޅުގަނޑު ބައިވެރި ނުވަން: އުމަރު

މމުހައްމަދު އަލީDec 9, 2024
ޑިސެމްބަރު ދިހަވަނަ ދުވަހުގެ ރޭ 8:30 ގައި ކާނިވާ ސަރަހައްދުގައި އެމްޑީޕީން ބާއްވާ ބޮޑު ޖަލްސާގައި ބައިވެރި ނުވާނޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އެމްޑީޕީން ބާއްވާ މިޖަލްސާއަކީ މިސަރުކާރުން ގާނޫނު އަސާސީއަށް ގެނެސްފައިވާ ނުބައި ބަދަލާ ގުޅިގެން ބާއްވާ ޖަލްސާއެކެވެ. މި ޖަލްސާގައި ޕީޕީއެމްއާއި ޕީއެންސީ ވެސް އެމްޑީޕީއާ އެކު ބައިވެރިވާން ވާނޭ ކަމަށް އުމަރު ވިދާޅުވެފައިވެއެވެ. "އެއީ ހަމަ މިބަދަލު އެޕާޓީތަކުގެ ވެރިކަންތަކުގައިގައި ވެސް ގާނޫނަށް ގެނެސް މެންބަރުން ޕާޓީގެ ލީޑަރުގެ އަޅުންނަށް ހެދީތީ،" އުމަރު ވިދާޅުވެފައިވެއެވެ. އެ ޕާޓީތަކުން ބައިވެރިވާންވީ އުފާފާޅު ކުރުމުގެ ގޮތުން ކަމަށް ވެސް ވިދާޅުވެފައެވެ. މިޖަލްސާގައި އުމަރު ނަސީރު ބައިވެރި ނުވާނަންތޯ ސުވާލު ދެންނެވުމުން ވިދާޅުވީ ބައިވެރިނުވާނޭ ކަމަށެވެ. އެހެންނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ނުދެއްވައެވެ. ގާނޫނު އަސާސީއަށް ރައްޔިތުންގެ ބަޖިލީހުން ގެނެސްފައިވާ ބަދަލަކީ ބަލައިގަނެވޭނޭ ކަމެއްނޫން ކަމަށް ވެސް އޭނާ ވިދާޅުވެފައެވެ. ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީގެ އިތުރުން މިހާރު ހަރަކާތްތެރިވަމުން ގެންދަވަނީ ދަ ޑިމޮކްރަޓްސް ޕާޓީ އެވެ. އެ ޕާޓީން ގެންދަނީ ކޮންމެ ހަފްތާއަކު އެއްރޭ ކަންމަތީ ބައްދަލުވުން ވަކީން ބާއްވަމުންނެވެ. އެމްޑީޕީގެ ބޮޑުޖަލްސާއަށް ޑެމްސްއަށް ދައުވަތުދިން ކަމެއް އެނގިފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދައުވަތު ލިބިއްޖެ ކަމަށްވާނަމަ ޑެމްސް ވެސް އެމްޑީޕީގެ  ޖަލްސާގައި ބައިވެރިވާނެއެވެ.

Related News