ދިވެހި|English Aug 24, 2026 · 08:02
Top banner
Advertisement
ޓެކްސީ ޑްރައިވަރުން ހައްޔަރު ކުރުމުން ކަންބޮޑުވޭ، ދޫކޮށްލާ: ފައްޔާޒު
News

ޓެކްސީ ޑްރައިވަރުން ހައްޔަރު ކުރުމުން ކަންބޮޑުވޭ، ދޫކޮށްލާ: ފައްޔާޒު

މމުހައްމަދު އަލީDec 12, 2024
ސަރުކާރުން ޓެކްސީ ލައިނެއް ފަށަން އުޅޭތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމަށް އިހުތިޖާޖު ކުރި ޓެކްސީ ޑްރައިވަރުންތަކެއް ހައްޔަރުކޮށް ކާރުތައް ޓޯ ކުރުމުން އެމްޑޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ "އިހުތިޖާޖު ކުރުމަށްޓަކައި ހަޅުތާލު ކުރުމަކީ ކޮންމެ މީހަކަށް ގާނޫނުއަސާސީން ކަށަވަރު ކޮށްދޭ ހައްގެއް" ކަމަށެވެ. އެހެން ކަމުން ހަޅުތާލުކޮށްގެން ހައްޔަރުކުރި ހުރިހާ ޓެކްސީ ޑްރައިވަރުން ދޫކޮށްލައި ޓޯކުރި ވެހިކަލްތައް ވެރިފަރާތްތަކާ ހަވާލުކުރުމަށް އެމަނިކުފާނު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ. ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ހަޅުތާލުގައި ވަނީ 30 ޓެކްސީ ޓޯކޮށްފައެވެ. މިކަމާ ގުޅިގެން ޓެކްސީ ޑްރައިވަރުންނާއި އެމީހުންގެ އާއިލާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.  

Related News