ދިވެހި|English Aug 24, 2026 · 09:35
Top banner
Advertisement
ރޭ މާލޭގައި ތިން މާރާމާރީއެއް ހިންގައިފި
News

ރޭ މާލޭގައި ތިން މާރާމާރީއެއް ހިންގައިފި

މމުހައްމަދު އަލީDec 15, 2024
މާލޭގެ ތިން ސަރަހައްދެއްގައި ރޭ ތިން މާރާމާރީއެއް ހިންގާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވެފައިވަނީ މި މާރާމާރީތައް ހިންގާފައިވަނީ މުނިޔާމަގު ދިރިޕަބްލިކް ކެފޭތެރޭގައްޔާއި،  ޝަހީދުކުޑަނެވި ތުއްތުމަނިކު ހިނގުން، ކިންޒާ ކެފޭ ކުރިމަތީގައްޔާއި، ފިލިގަސްމަގު ނޫރު މިސްކިތް ކައިރީގައި ކަމަށެވެ. ދިރިޕަބްލިކް ކެފޭ ތެރެއަށް  ވަދެ މާރާމީރީ ހިންގާފައިވަނީ ސައިކަލެއްގައި އައި ހެލްމެޓް އަޅައިގެން ތިބި ބައެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. ޝަހީދުކުޑަނެވި ތުއްތުމަނިކު ހިނގުން، ކިންޒާ ކެފޭ ކުރިމަތީ ތޫނުހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައި ވަނީ ސައިކަލްތަކެއްގައި އައި ހަ މީހަކު ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވެފައިވަނީ ޑިސެމްބަރ 12 ވަނަ ދުވަހު ހުށަހެޅުނު ލެޓްސްގޯ ކެފޭއަށް ބަޔަކު ވަދެ ގެއްލުންދިން މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. ތަހުގީގު ކުރިއަށް ދިޔަ މިންވަރަކުން އިތުރު ތަފްސީލް ހާމަކުރަމުން ގެންދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

Related News