ދިވެހި|English Aug 24, 2026 · 09:38
Top banner
Advertisement
އެފްއެސްއެމްގެ އެމްޑީއަކަށް އާޝާން
News

އެފްއެސްއެމްގެ އެމްޑީއަކަށް އާޝާން

މމުހައްމަދު އަލީDec 15, 2024
އެސްޓީއޯގެ ދަށުން ހިންގާ ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިންޑިރެކްޓަރަކަށް ފާތިމަތު އާޝާން މިއަދު އައްޔަން ކުރައްވައިފިއެވެ. ސަރުކާރުގެ މައިވިޔަފާރި ކުންފުނި އެސްޓީއޯގެ ދަށުން ހިންގާ ކުންފުންޏެއްގެ އެންމެ އިސްމަގާމަކަށް އަންހެން ބޭފުޅަކު ހަމަޖެއްސެވި ފުރަތަމަ ފަހަރެވެ. އެފްއެސްއެމް ގެ "މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ފާތިމަތު އަޝާން ހަމަޖެއްސެވިކަން އަޅުގަނޑުމެންނަށް އުފާވެރިކަމާއެކު އިޢުލާން ކުރަމެވެ،" އެސްޓީއޯއިން ވިދާޅުވެފައިވެއެވެ. އެފްއެސްއެމް ގެ "މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ފާތިމަތު އަޝާން ހަމަޖެއްސެވިކަން އަޅުގަނޑުމެންނަށް އުފާވެރިކަމާއެކު އިޢުލާން ކުރަމެވެ،" އެސްޓީއޯއިން ވިދާޅުވެފައިވެއެވެ. އާޝާންއާ މަގާމު ހަވާލު ކުރުމަށް އެސްޓީއޯގައި މިއަދު ވަނީ ރަސްމިއްޔާތެއް ވެސް ބާއްވައިފައެވެ.

Related News