ދިވެހި|English Aug 24, 2026 · 09:34
Top banner
Advertisement
ޖަނަވަރީ ދެވަނަ ދުވަސް ސަރުކާރު ބަންދު
News

ޖަނަވަރީ ދެވަނަ ދުވަސް ސަރުކާރު ބަންދު

މމުހައްމަދު އަލީDec 17, 2024
ފެށައަހަރުގެ ޖަނަވަރީ ދޭއްވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. "މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، މީލާދީ އާ އަހަރު ފެށޭ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމާއެކު، ކަލަންޑަރުގައިވާގޮތުން 2025 ޖަނަވަރީ 1ވަނަ ދުވަސް ދިމާވަނީ ބުދަ ދުވަހާކަމަށްވެފައި، އެ ދުވަހާ ޖެހިގެން އަންނަ ދުވަސް ކަމުގައިވާ 2025 ޖަނަވަރީ 2 ވާ ބުރާސްފަތި ދުވަހަކީ، ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައެވެ."

Related News