ދިވެހި|English Aug 24, 2026 · 08:44
Top banner
Advertisement
ސީމެކްސް ބޯޓުގެ ފަޅުވެރިއަކު ގެއްލިގެން ހޯދަން ފަށައިފި
News

ސީމެކްސް ބޯޓުގެ ފަޅުވެރިއަކު ގެއްލިގެން ހޯދަން ފަށައިފި

މމުހައްމަދު އަލީDec 17, 2024
އައްޑޫ ސިޓީން ފުރައިގެން މާލެ ސިޓީއަށް ދަތުރުކުރަމުން ދިޔަ ”ސީމެކްސް“ ބޯޓުގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ނޭޕާލުގެ ރައްޔިތަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. އެއެމްއެންޑީއެފުން ވިދާޅުވެފައިވަނީ އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނީ ސަދަން އޭރިއާ ކޮމާންޑް، ކޯސްޓުގާޑު ފޯތު ސްކޮޑްރަން ކަމަށެވެ. ފުލުހުން ވިދާޅުވީ ރާޖުކުމާރު ނަމަކަށް ކިޔާ އެމީހާ ބޯޓުގައި ނެތްކަން އެނގިގެން ރޭގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެމީހާ ނެތްކަން އެނގުނީ އައްޑުއާއި ފުވައްމުލަކާ ދެމެދުން ފުވައްމުލަކާ އަށް މޭލު ކައިރިވެފައި ހުއްޓައެވެ. ރޭ ދަންވަރު އެކެއްޖެހިއިރުވެސް އެމީހާ ބޯޓުގެ ކެޕްޓަނާ ވާހަކަ ދެއްކިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުންދަނީ އެމީހާ ގެއްލިފައިވާ މައްސަލަ ތަހުގީގުކުރަމުންނެވެ.

Related News