ދިވެހި|English Aug 24, 2026 · 08:01
Top banner
Advertisement
އެންމެބޮޑު ހިތްހަމަޖެހުމަކީ ކަރަންޓު ޚިދުމަތްތެރީންގެ މައްސަކަތް: ފަހުމީ
News

އެންމެބޮޑު ހިތްހަމަޖެހުމަކީ ކަރަންޓު ޚިދުމަތްތެރީންގެ މައްސަކަތް: ފަހުމީ

މމުހައްމަދު އަލީDec 21, 2024
ކަރަންޓުގެ ޚިދުމަތުގެ އަލިމަސްޔޫބީލާއި ހަމަޔަށް ސްޓެލްކޯ ވާސިލްވެފައިވާއިރު، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޤައުމު ބިނާކުރުމާއި، ތަރައްޤީއާއި ތަހުޒީބަށް މަގުފަހިކޮށްދީ، އިންސާނީ އަދި އުމްރާނީ ތަރައްޤީއަށް ކަރަންޓުގެ ޚިދުމަތްތެރީން އިޚްލާޞްތެރިކަމާއެކު ކޮށްދީފައިވާ އަދި ކޮށްދެމުންގެންދާ އަގުހުރި މަސައްކަތްތައް ކަމަށް ސްޓެލްކޯ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. "މި ކާމިޔާބީގެ ވާހަކަތައް ތާރީޚުގައި ލިޔެވިގެންދާއިރު، މި ސިނާއަތުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާމެދު އަޅުގަނޑު ފަޚުރުވެރިވަން،" އެމްޑީ ވިދާޅުވިއެވެ. އޭނާ ވިދާޅުވެފައިވަނީ ކާމިޔާބީގެ ހަރުފަތްތައް ގިރާކުރަމުން މިހިސާބަށް އާދެވިފައިވަނީ އެކިއެކި ގޮންޖެހުންތަކާ ކުރިމަތިލައިގެން ކަމަށެވެ. މި ސިނާއަތުގައި އެކި ދުވަސްވަރު މަސައްކަތްކޮށްދެއްވާފައިވާ ބޭފުޅުން ޤައުމާއި ރައްޔިތުންގެ ކުރިއެރުމަށް ކޮށްދެއްވި ޚިދުމަތްތަކުގެ ސަބަބުންނެވެ. އޭގެ އިތުރުން މިހާރު ތިއްބެވި ބޭފުޅުން މެދުކެނޑުމެއް، ފޫހިކަމެއް އަދި ވަރުބަލިކަމެއްނެތި ކޮށްދެއްވަމުންގެންދަވާ އަގުހުރި ޚިދުމަތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ. "ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި މި ސިނާއަތުގެ ކުރިމަގު އޮތީ ވަރަށްވެސް އުޖާލާކޮށް. އަޅުގަނޑުގެ އިހްލާސްތެރި ދުޢާ އަކީ އަޅުގަނޑުމެން މި ދެމުންގެންދާ ޤައުމީ ހިދުމަތުގައި މާތްﷲ ބަރަކާތްލައްވައި އިތުރު ފާގަތިކަން މިންވަރުކުރެއްވުން،" ފަހުމީ ވިދާޅުވިއެވެ.

Related News