ދިވެހި|English Aug 24, 2026 · 08:01
Top banner
Advertisement
ރައީސް މުއިއްޒާއި މިނިސްޓަރު ހައިދަރުގެ އިސްތިއުފާއަށް ގޮވައިފި
News

ރައީސް މުއިއްޒާއި މިނިސްޓަރު ހައިދަރުގެ އިސްތިއުފާއަށް ގޮވައިފި

މމުހައްމަދު އަލީDec 22, 2024
ގޯއްޗާއި ފުލެޓު ދިނުމުގެ ކަންކަމުގައި ވައްކަމާއި އޮޅުވައިލުން ހިމެނޭކަމަށް ބުނެ އާންމުންތަކެއް މިއަދު މުޒާހަރާ ކޮށްފިއެވެ. ދަރުބާރުގެ ކައިންފެށި މުޒާހަރާވަނީ މާލޭގެ ބައެއް މަގުތަކަށް ފުޅާވެފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ހައުސިން މިނިސްޓަރ ހައިދަރުގެ އިސްތިއުފާއަށް ގޮވާލައިފައެވެ. އަދި ގޯއްޗާއި ފުލެޓުން ކުރަމުންދާ ވައްކަން މިހާރުން މިހާރަށް ހުއްޓާލުމަށް ވަނީ ސަރުކާރަށް ގޮވާލައިފައެވެ. ފުލެޓާއި ގޯތި ކުރިންވެސް ގެޒެޓުކޮށްފައިވާ ލިސްޓާ އެއްގޮތަށް އޭގެ "ހައްގުވެރިންނަށް" ހަވާލުކުރުމަށް މުޒާހަރާގެ ބައިވެރީން ވަނީ ގޮވާލައިފައެވެ. ރައީސް ޑރ. މުއިއްޒު ކެންޕޭން ތެރޭގައި ދެއްކެވީ ވާހަކަފުޅުތަކުގެ މަތީން ހަނދާން ކޮށްދޭ ކަމަށް ބުނެ ބައިވެރީންވަނީ އަޑުއުފުލައިފައެވެ. ހައުސިން މިނިސްޓްރީ ހިމެނޭ ގޮތަށް ދައުލަތުގެ ތިން މިނިސްޓްރީއެއް އަނދައި އަޅިއަށް ހަދާލީ މިސަރުކާރުން ކުރަމުންދާ "ގޯތިވައްކަން" ފޮރުވަން ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ތުހުމަތުކޮށްފައެވެ. އެމީހުން ބުނެފައިވަނީ މިފަދަ ސިލްސިލާ މުޒާހަރާތައް އަދިވެސް ކުރިއަށް ގެންދާނޭ ކަމަށެވެ.  

Related News