ދިވެހި|English Aug 24, 2026 · 08:44
Top banner
Advertisement
ޕީއެސްއެމްގެ އެމްޑީއަކަށް ނަސްރީން އައްޔަން ކޮށްފި
News

ޕީއެސްއެމްގެ އެމްޑީއަކަށް ނަސްރީން އައްޔަން ކޮށްފި

މމުހައްމަދު އަލީDec 24, 2024
ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރަކަށް ލ. އިސްދޫ، މާގަސްދޮށުގޭ، އިބްރާހީމް ނަސްރީން މިއަދު އައްޔަން ކުރައްވައިފިއެވެ. ޕީސީބީން މިއަދު ވިދާޅުވެފައިވަނީ އޭނާ އައްޔަން ކޮށްފައިވަނީ އެމްޑީ ކަމާއި ޑިރެކްޓަރުންގެ ބޯޑަށް ކަމަށެވެ. ނަސްރީނަކީ މަތީ ތައުލީމަށްފަހު ޕީއެސްއެމްގައި ވަޒީފާ އަދަކުރައްވަމުން ގެންދަވާ ގާބިލް ބޭފުޅެކެވެ. ސޯޝަލް މީޑިއާގައި މީހުން ފާޅުކޮށްފައި ޝުއޫރުތަކަށް ބަލާއިރު ނަސްރީނަކީ ނަޒާހަތްތެރި ބޭފުޅެކެވެ. އެމްޑީކަމަށް ނަސްރީން ހަމަޖައްސަވައި ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި ޗެއަރޕަރސަން ކަމުގެ މަގާމަށް ވެސް މިއަދު ވަނީ ބޭފުޅަކު އައްޔަން ކުރައްވައިފައެވެ. އެމަގާމަށް އައްޔަން ކުރައްވާފައިވަނީ މަޤާމަށް މ.ހަނީކޯމްބް، އާމިނަތު ނަމްޒާ އެވެ.  

Related News