ދިވެހި|English Aug 24, 2026 · 08:39
Top banner
Advertisement
އެޗުޑީސީން ވަގަށްނެގި ލެޕްޓޮޕްތައް ފެނިއްޖެ
News

އެޗުޑީސީން ވަގަށްނެގި ލެޕްޓޮޕްތައް ފެނިއްޖެ

މމުހައްމަދު އަލީDec 24, 2024
އެޗުޑީސީން ވަގަށްނެގި ފަސް ލެޕްޓޮޕޮ ފެނިއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އެޗުޑީސީން ފަސް ލެޕްޓޮޕް ވަގަށް ނަގައިގެން އެކުންފުނީން ފުލުހަށް އެމައްސަލަ ހުށަހެޅީ އިއްޔެއެވެ. ލެޕްޓޮޕްތައް ވަގަށް ނަގައިފައިވަނީ ފަރުކޮޅުގައިހުރި އެޗުޑީސީގެ ޕްރޮޖެކްޓް އޮފީހުންނެވެ. މި މައްސަލާގައި ތުހުމަތު ކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުކޮށްފައިހުރި މީހަކަށެވެ. އެނާގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ލިބެމުންދާ ކަމަށް ފުލުހުން ކުރިން ވެސް ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވީ "ފަސް ލެޕްޓޮޕް މިހާރު ވަނީ ރިކަވަ ކުރެއްވިފައި،" ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވިއެވެ. ލެޕްޓޮޕްތައް ފެނިފައިވަނީ ކޮންތާކުން ކޮންއިރަކު ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ. ފެނުނުއިރު އޭގެ ހާލަތާއި އެއިން އެއްވެސް އެޗެއް އުނިވެފައިވޭތޯ ނުވަތަ ނުވޭތޯ ވެސްފުލުހުން އަދި ވިދާޅެއް ނުވެއެވެ.  

Related News