ދިވެހި|English Aug 24, 2026 · 09:35
Top banner
Advertisement
ބިދޭސީއަކަށް ވަޅީން ބިރުދެއްކި މީހަކު ހައްޔަރު ކޮށްފި
News

ބިދޭސީއަކަށް ވަޅީން ބިރުދެއްކި މީހަކު ހައްޔަރު ކޮށްފި

އއަހުމަދު މުހައްމަދުDec 31, 2024
ބިދޭސީއަކަށް ވަޅިން ބިރުދައްކައި ފައިސާ ފޭރިގަތުމުގެ މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ވިދާޅުވީ މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ ލ. މާވަށު މީހެއް ކަމަށެވެ. އޭނާއަކީ އުމުރުން  24 އަހަރުގެ ފިރިހެނެކެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ކޯޓުން މިގޮތަށް ނިންމީ މައްސަލައާ ގުޅޭ ހެއްކާއި ގަރީނާ ފުލުހުން ހުށަހެޅުމާ ގުޅިގެންނެވެ. ކޯޓުގައި މައްސަލަ ބެލި އަޑުއެހުމުގައި ތުހުމަތުކުރެވޭ ފަރާތުން ބުނެފައިވަނީ އޭނާ ފޭރިގަތް ކަމަށް ބުނާ ފައިސާއަކީ ބިދޭސީ މީހާ އޭނާއަށް ދޭންޖެހޭ ފައިސާ ކަމަށެވެ. ނަމަވެސް، އޭނާއަކީ ކުށުގެ ރެކޯޑް އޮތް މީހަކަށް ވުމާއެކު، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

Related News