ދިވެހި|English Aug 24, 2026 · 09:28
Top banner
Advertisement
މަރުވެފައިވާ މީހަކު ފެނިއްޖެ، ޕޯސްޓްމޯޓަމް ހަދާނެ: ފުލުހުން
News

މަރުވެފައިވާ މީހަކު ފެނިއްޖެ، ޕޯސްޓްމޯޓަމް ހަދާނެ: ފުލުހުން

މމުހައްމަދު އަލީJan 7, 2025
މާފަންނު ގެއެއްގައި މީހަކު މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވެފައިވަނީ އެމީހާ ފެނިފައިވަނީ މާފަންނު ތަރިވިލާގެއިންނެވެ. އޭނާ މަރުވެފައިވާކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 9:53 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އޭނާގެ ހަށިގަނޑުވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މަރުވެފައިވަނީ ތަރިވިލާގެ ޙުސައިން އަހުމަދު (41އ) އަހަރު އެވެ. އޭނާގެ ހަށިގަނޑުގެ ބޭރުފުށުން ޒަޚަމެއް އެއްޗެއް ފެންނަންހުރިތޯ ނޫންތޯ ނުވަތަ އިތުރު ގެއްލުމެއް، ނިޝާނެއް ހުރިތޯ ނޫންތޯ ފުލުހުން ވިދާޅުވެފައެއް ނުވެއެވެ. އެހެނަސް އެމީހާގެ ހަށިގަނޑު ޕޯސްޓްމޯޓަށް ހެދުމަށް ވަނީ ހަޖަހެހިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

Related News