ދިވެހި|English Aug 24, 2026 · 08:42
Top banner
Advertisement
ގްރޫމް ކުރި ޓީޗަރު ހައްޔަރު ކުރަން އަމުރުކޮށްފި
News

ގްރޫމް ކުރި ޓީޗަރު ހައްޔަރު ކުރަން އަމުރުކޮށްފި

އއަހުމަދު މުހައްމަދުJan 9, 2025
ދެކުނު ސަރަހައްދުގެ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރަކު ދަރިވަރުންތަކެއް ގްރޫމްކޮށް ޖިންސީ ގޯނާކުރި މައްސަލައިގައި، އެ ޓީޗަރަކީ މުޖުތަމައަށް ނުރައްކާތެރި މީހެއް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ. 29 އަހަރުގެ އެ ޓީޗަރު ބަންދުން ދޫކޮށްލުމަށް މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން ބާތިލުކޮށް، އޭނާ 7 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ހައިކޯޓުން އަމުރުކޮށްފައިވެ އެވެ. އަދި މި މުއްދަތުގެ ތެރޭގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މެޖިސްޓްރޭޓް ކޯޓަށް އަލުން ހުށަހެޅުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އަންގާފައިވެ އެވެ. ހައިކޯޓުން މިއަދު ނެރުނު ހުކުމުގައި ބުނެފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި މިފަދަ މީހުންނަކީ މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ބަލާފައިވާ ކަމަށެވެ. އަދި ކުރިން މިފަދަ ކުށެއްގެ ރެކޯޑެއް ނެތުމަކީ، މިހާރު ތުހުމަތުކުރެވޭ ކުށުގެ ނުރައްކާތެރިކަމުން އެހެން ކުޑަކުދިން ސަލާމަތްކޮށްދޭނެ ކަމެއް ނޫން ކަމަށްވެސް ހައިކޯޓުން ފާހަގަކޮށްފައިވެ އެވެ. ސްކޫލުގެ 18 އަހަރުން ދަށުގެ ފިރިހެން ކުދިންތަކަކާމެދު ޖިންސީ އަމަލު ހިންގި ކަމަށާއި، އެކަމަށް ކުދިން ގްރޫމްކޮށް، އެ ކުދިންނާ ޖިންސީ އެކިޒާތުގެ ވާހަކަތައް ދައްކާފައިވާ ކަމަށް އެޓީޗަރަށް ތުހުމަތުކުރެވެ އެވެ.

Related News