ދިވެހި|English Aug 24, 2026 · 08:39
Top banner
Advertisement
ބަޔަކަށް ލިބިފައިވާ ފުލެޓް އަތުލުމުގެ ވިސްނުމެއްނެތް: ރައީސް
News

ބަޔަކަށް ލިބިފައިވާ ފުލެޓް އަތުލުމުގެ ވިސްނުމެއްނެތް: ރައީސް

މމުހައްމަދު އަލީJan 9, 2025
އެއްވެސް ބަޔަކަށް ލިބިފައިވާ ފުލެޓެއް  އަތުލުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ފުލެޓު އަތުނުލައި، އެ ލިބޭ މީހުންގެ ދާއިމީ ލިސްޓު، ރަމަޟާން މަހުގެ ކުރިން އިއުލާން ކުރެވޭނެ ކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ގެދޮރުވެރިޔާގެ ސްކީމުގެ ދަށުން 4000 މީހުންނަށް ފުލެޓު ލިބިފައިވެއެވެ. އެހެންނަމަވެސް ފުލެޓު ލިސްޓުގައި މައްސަލަތައް ހުރިކަމަށް ބުނެ އޭސީސީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެކަން ބެލުމަށްޓަކައި ލިސްޓު އިއުލާން ކުރުންވަނީ އެތައް ފަހަރެއްގެ މަތީން ފަސްކުރެވިފައެވެ. އޭސީސީން މައްސަލަ ބެލުމަށްފަހު ހައުސިން މިނިސްޓްރީން މިހާރު އަންނަނީ ފުލެޓު ލިސްޓު އަލުން ބަލަމުންނެވެ.    

Related News