ދިވެހި|English Aug 24, 2026 · 09:32
Top banner
Advertisement
ސަފާރީއަކުން ކަނޑަށް ވެއްޓުނު މީހަކު ހޯދަން ފަށައިފި
News

ސަފާރީއަކުން ކަނޑަށް ވެއްޓުނު މީހަކު ހޯދަން ފަށައިފި

މމުހައްމަދު އަލީJan 10, 2025
އދ، ރިސޯޓެއްގެ ކައިރީގައި އޮތް ސަފާރީއަކުން ރޭ ކަނޑަށް ވެއްޓުނު ދިވެހި ފިރިހެނަކު ހޯދަން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ އޭނާ ގެއްލިގެން ރިޕޯޓު ކުރުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ. ކަނޑަށް ވެއްޓިފައިވަނީ ނ. ހޮޅުދޫ، ސީވީޑު، އަލީ އަރުޝަދު (35އ) އެވެ. އޭނާ ކަނޑަށް ވެއްޓިފައިވާކަން ދެނެގަނެވިފައިވަނީ ސަފާރީގެ ސީސީޓީވީ ފުޓޭޖު ބަލައިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. "ރޭގެ ވަގުތެއްގައި ސަފާރީގެ ޓެކުމަތީ އޭނާ ހުއްޓައި ވެއްޓި އަރިމަތީ ޖެހިފައި މޫދަށް ވެއްޓިފައިވާތަން ސަފާރީގެ ސީސީޓީވީ ފުޓޭޖުން ފެނިފައިވޭ" ފުލުހުން ވިދާޅުވިއެވެ. މި މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފާއި ފުލުހުން ދަނީ ކުރަމުން ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

Related News