ދިވެހި|English Aug 24, 2026 · 08:01
Top banner
Advertisement
ރައްކާވެ ތިބިއްޔާ ދަތުރު: މާލޭގައި ހާހުން ވެލިބަސްތާ ޖަހައިފި
News

ރައްކާވެ ތިބިއްޔާ ދަތުރު: މާލޭގައި ހާހުން ވެލިބަސްތާ ޖަހައިފި

މމުހައްމަދު އަލީJan 14, 2025
މިއަދުން ފެށިގެން މިމަހުގެ 18 އާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނޭ ކަމަށް މޫސުމާބެހޭ އޮފީހުން ބުނުމުން އެކި އިދާރާތަކުން ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން ފަށައިފިއެވެ. މާލޭ ސިޓީކައުންސިލުން ވަނީ މޫސުމާބެހޭ އޮފީހުގެ ލަފަޔާއެއްގޮތަށް މާލޭގައި ފެންބޮޑުވެދާނޭ ކަމަށް ލަފާކުރެވޭ ސަރަހައްދުތަކާއި ތަންތާގައި ރެއިން ފެށިގެން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ފަށައިފައެވެ. ފާއިތުވެދިޔަ 24 ގަޑިއިރުތެރޭ މާލޭގެ އެކި ސަރަހައްދުތަކުގައި 2500 އަށް ވުރެ ގިނަ ވެލިބަސްތާ ވަނީ ޖަހާފައި ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ. މީގެ އިތުރުން އެމްއެންޑީއެފުންވަނީ މިއަދުގެ މިހާތަނަށް 22 ގޭބީސީއެއްގައި 181 ވެލިބަސްތާ ޖަހައިދީފައެވެ.  

Related News