ދިވެހި|English Aug 24, 2026 · 08:44
Top banner
Advertisement
މޫސުމީ ނުރައްކަލުން ސަލާމަތްވުމަށް އޮޕަރޭޝަނެއް ފަށައިފި
News

މޫސުމީ ނުރައްކަލުން ސަލާމަތްވުމަށް އޮޕަރޭޝަނެއް ފަށައިފި

މމުހައްމަދު އަލީJan 14, 2025
ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ވިއްސާރަވެ، މޫސުން ވަރަށް ގޯސްވާނެ ކަމަށް މޫސުމާބެހޭ އޮފީހުން ލަފާކޮށްފައި ވާތީ، ވިއްސާރާގައި ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމުގެ ގޮތުން ޚައްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. ޑިފެންސް މިނިސްޓްރީން ވިދާޅުވެފައިވަނީ މި އޮޕަރޭޝަން ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން މިކަމަށް އެކުލަވާލި ޓާސްކްފޯހަކުން ކަމަށެވެ. މި އޮޕަރޭޝަން ފަށައިފައިވަނީޖޮއިންޓް އޮޕަރޭޝަނެއްގެ ގޮތުގައެވެ. މުޅި ރާއްޖޭގައި މި އޮޕަރޭޝަން ހިންގާނެއެވެ. މި އޮޕަރޭޝަނުގައި ހަރަކާތްތެރިވާނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އިންނެވެ. މި އޮޕަރޭޝަން ފަށައިފައިވަނީ މިއަދު ބޭއްވި ޓާސްކްފޯސް ބައްދަލުވުމަކަށް ފަހުގައެވެ. މި ބަދައްލުވުމުގައި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާންގެ އިތުރުން ޕޮލިސް ކޮމިޝަނަރާއި، ޗީފް އޮފް ޑިފެންސް ފޯސް އާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން ބައިވެރިވެވަޑައިގެންނެވިއެވެ.  

Related News