ދިވެހި|English Aug 24, 2026 · 08:44
Top banner
Advertisement
ޓްރާންސްފޯމަރު ވަގު: ރެންޗު ހަމަލާ ސްޓެލްކޯ މުވައްޒަފުގެ ބޮލަށް
News

ޓްރާންސްފޯމަރު ވަގު: ރެންޗު ހަމަލާ ސްޓެލްކޯ މުވައްޒަފުގެ ބޮލަށް

މމުހައްމަދު އަލީJan 15, 2025
ހުޅުމާލޭގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އެއިން ވައްކަން ކުރަން އުޅުނު މީހަކު އަތުލައިގެންފިއެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެފައިވަނީ އެމީހާ އަތުލައިގެންފައިވަނީ ސްޓެލްކޯގެއް މުވައްޒަފުން ކަމަށެވެ. އެމީހާ އަތުލައިގަތުމަށް ސްޓެލްކޯ މުވައްޒަފު ދިޔުމުން ވައްކަންކުރި މީހާވަނީ އެތަނަށްދިޔަ މުވައްޒަފުގެ ގައިގައި ރެންޗަކުން ޖަހައި މާރާމާރީ ހިންގާފައި ކަމަށްވެސް ފަހުމީ ވަނީ ވިދާޅުވެފައެވެ. އެމީހާ މިހާރުވަނީ ފުލުހުންނާ ހަވާލު ކޮށްފައެވެ. ޓްރާންސްފޯމަރަށް ގެއްލުންދިނުމުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައެވެ. ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ޓަވަރުތަކަށް ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށްވެސް ފަހުމީ ވިދާޅުވެފައިވެއެވެ.

Related News