ދިވެހި|English Aug 24, 2026 · 08:01
Top banner
Advertisement
ވަގު ފޯމު މައްސަލާގައި ފުލުހުން ސުވާލު ކުރަމުންދާ ކަމަށް ބުނެފި
News

ވަގު ފޯމު މައްސަލާގައި ފުލުހުން ސުވާލު ކުރަމުންދާ ކަމަށް ބުނެފި

އއަހުމަދު މުހައްމަދުJan 22, 2025
ވަގަށް ފޯމު ފުރައިގެން ވެރިކަންކުރާ ޕީއެންސީއަށް މީހުން ވައްދާ މައްސަލަ ސީރިއަސްކޮށް ބަލަމުންދާ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ. ވަގަށް ފޯމު ފުރައިގެން އިދިކޮޅު އެމްޑީޕީގެ 3،000 އަށްވުރެ ގިނަ މެންބަރުން ޕީއެންސީއަށް ވައްދާފައިވާ ކަމަށްބުނެ އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅީ ވެސް އެމްޑީޕީންނެވެ. އެ މައްސަލަ ފުލުހުން ބަލަމުން ގެންދޭތޯ ބެލުމަށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން މިއަދު ފުލުހުންގެ އޮފީހަށް ދިއުމަށްފަހު، އެކަމާބެހޭ މައުލޫމާތު މީޑިޔާވަނީ ހިއްސާކޮށްފައެވެ. އެކަމާބެހޭ އިތުރު މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ، އެ މައްސަލައިގައި އެކި ފަރާތްތަކާ ސުވާލު ކުރަމުންދާ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވާ ކަމަށެވެ. އަދި އެ ފޯމުތަކުގެ ފިންގާ ޕްރިންޓް ވެރިފައިކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ވަގަށް ފޯމު ހުށަހަޅައިގެން ޕީއެންސީއަށް މެންބަރުން ވެއްދުމުގެ މަސައްކަތް ކުރަމުންދާ ކަން ބޭޒާރުވެފައިވަނީ، ހޯމް މިނިސްޓަރު އަލީ އިހުސާނާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަކާއި ޑިޕިއުޓީ މިނިސްޓަރު އިސްވެ ތިއްބަވައިގެން، އެ މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ މީޓިން ރޫމެއްގައި ފޯމު ފުރުމުގެ މަސައްކަތް ކުރިއަށްގެންދާ ފޮޓޯތަކެއް ލީކު ވުމާ ގުޅިގެންނެވެ.

Related News