ދިވެހި|English Aug 24, 2026 · 08:02
Top banner
Advertisement
ފަރެސްމާތޮޑާއިން އެސްޓީއޯއަށް ބިމެއް ހަމަޖައްސައިދީފި
News

ފަރެސްމާތޮޑާއިން އެސްޓީއޯއަށް ބިމެއް ހަމަޖައްސައިދީފި

މމުހައްމަދު އަލީJan 23, 2025
ގދ. ފަރެސްމާތޮޑާގައި ތެޔޮޝެޑެއް ހެދުމަށް އެސްޓީއޯއަށް ބިމެއް ހަމަޖައްސައިފިއެވެ. ހަމަޖައްސައިދީފައިވަނީ ކިހާވަރެއްގެ ބިމެއްކަމެއް އެނގިފައެއް ނުވެެއެވެ. ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަހުމަދު އިމްތިޔާޒު ވިދާޅުވީ ތެޔޮޝެޑްގެ މަސައްކަތާ ގުޅޭގޮތުން އެސްޓީއޯގެ އިންޖިނޭރުންނާ އެކު ފަރެސްމާތޮޑާ ކައުންސިލުން ވަނީ ބައްދަލުކޮށްފައި ކަމަށެވެ. މިމަސައްކަތް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ފަރެސްމާތޮޑާއަކީ މަސްވެރި ރަށެކެވެ. އެރަށުގައި މިހާރުވެސް މަހަށްފުރާ އަށް ދޯނި އޮވެއެވެ. އެއިން ކޮންމެ ދޯންޏަކީ ސަތޭކަ ފޫޓުގެ ދޯންޏެކެވެ. މީގެ އިތުރުން އެރަށުގައި މިފްކޯގެ އައީސްޕްލާންޓެއް ހުރެއެވެ. ސައިކަލާއި ކާރާއި އެހެނިހެން އުޅަނދުފަހަރުވެސް އެރަށުގައި އަންނަނީ އިތުރުވަމުންނެވެ. ލޯންޗްފަހަރާއި ކުދި އުޅަދުފަހަރު އެރަށުގައި ވަރަށްގިނައެވެ. އަދި އެހެން ރަށްރަށުގެ އޮޑިދޯނިފަހަރު ވެސް އެރަށުގައި ވަރަށްގިނައިން ބަނދަރު ކުރެއެވެ. "މި ސަބަބުތަކަށްޓަކައި މިރަށަށް ތެޔޮޝެޑެއް އިންތިހާއަށް ބޭނުން،" ކައުންސިލް ރައީސް ވިދާޅުވިއެވެ. "މަސްވެރިކަންކުރާ މި އަށް ދޯންޏަށް އެކަނި ބެލި ކަމުގައި ވިޔަސް ދުވާލެއްގެ މައްޗަށް ބާރަ ހާސް ލީޓަރު ތެޔޮ ބޭނުންވެ. އެއަރޕޯޓަށް އަންނަ އުޅަނދު ފަހަރާއި، އައިސްޕާލާންޓަށް އައިސް އަޅަން އަންނަ އުޅަނދުފަހަރަށް ވެސް ދުވާލަކަށް ގާތްގަޑަކަށް ފަސްހާސް ލީޓަރުގެ ތެޔޮ ބޭނުންވާނެ،" އިންތި ވިދާޅުވިއެވެ.  

Related News