ދިވެހި|English Aug 24, 2026 · 08:01
Top banner
Advertisement
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބްރެޒިލް މީހަކު ހައްޔަރުކޮށްފި
News

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބްރެޒިލް މީހަކު ހައްޔަރުކޮށްފި

އއަހުމަދު މުހައްމަދުJan 26, 2025
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ގެންގުޅެ ވިޔަފާރު ކުރުމުގެ ތުހުމަތުގައި ބްރެޒިލް މީހަކު ހައްޔަރު ކޮށްފިއެވެ. ލެންޑަސަން ޑިޕައުލޯ ގާސިއާ ކިޔާ މި މީހާ ހައްޔަރުކޮށް، ހެކި ތަކާއެކު ކޯޓަށް ހާޒިރު ކުރުމުން އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން މިއަދު ވަނީ އަމުރު ކޮށްފައެވެ. އޭނާ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ ހަށިގަނޑުގައި ފޮރުވައިގެންނެވެ. އިތުރު ފަރާތްތަކެއް ބައިވެރިވާކަމަށް ފުލުހުން ތުހުމަތު ކުރާ މި މައްސަލައާ ގުޅިގެން ކުރިއަށްގެންދިޔަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި ދިވެއްސަކު ހައްޔަރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެެވެ. ފުލުހުން ބުނެފައިވަނީ އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އަންނަ ހަފްތާގައި އެ މައްސަލަ ޕްރޮސިކިއުޓާޖެނެރަލް އަށް ހުށަހަޅާނެ ކަމަށެވެ.

Related News