ދިވެހި|English Aug 24, 2026 · 09:35
Top banner
Advertisement
އޭސީސީގެ ތަހުގީގުތައް އަވަސް ކުރަން ޕީޖީ އަމުރުކޮށްފި
News

އޭސީސީގެ ތަހުގީގުތައް އަވަސް ކުރަން ޕީޖީ އަމުރުކޮށްފި

އއަހުމަދު މުހައްމަދުJan 27, 2025
އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހިނގާ ޖިނާއީ ތަޙުޤީޤުތައް އެކަށީގެންވާ އަވަސްމިނެއްގައި ހިނގަމުން ނުދާކަމުގެ ޝަކުވާ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ ސަމާލުކަމަށް އައިސްފައިވާތީ، އެ ތަހުގީގުތައް އަވަސް ކުރަން ޕީޖީ އައްބާސް ޝަރީފު އަމުރުކުރައްވައިފިއެވެ. ޕީޖީ އޮފީހުން މިއަދު ބުނީ، ތަހުގީގުތައް ލަސްވާ މައްސަލަ ޕީޖީ ބެއްލެވިއިރު، ދިވެހި ދައުލަތާއި ޢާންމު ރައްޔިތުންގެ މަޞްލަޙަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގެ ތަޙުޤީޤު ހިމެނޭގޮތުން، އޭސީސީން ހިންގާ ޖިނާއީ ތަޙުޤީޤުތައް ލަސްވެ، ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތަކުގައި ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމާއި، އެފަދަ މައްސަލަތަކުގައި ދައުލަތާއި ޢާންމު ރައްޔިތުންގެ މަސްލަޙަތުތަކަށް އުނިކަން އަންނަމުންދާކަން އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މި ސަބަބަށްޓަކައި، އޭސީސީން ތަހުގީގު ކުރާ ޖިނާއީ މައްސަލަތައް ޕީޖީއަށް ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދެއް އެކުލަވާލައްވައި، އެ އިރުޝާދަށް މިއަދުން ފެށިގެން ޢަމަލުކުރުމަށް، ވަނީ އޭސީސީއަށް އަމުރުކުރައްވައިފިއެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާއި ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލައާއި، ސަރުކާރު ކުންފުނިތަކާއި، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅުންހުރި މައްސަލަތައް ފަދަ ދައުލަތުގެ މާލިއްޔަތާއި ޢާންމު ފަރުދުންގެ މަޞްލަޙަތާ ގުޅުންހުރި ޚިޔާނާތުގެ ބޮޑެތި މައްސަލަތަކުގެ ތަޙުޤީޤު، އަވަހަށް ނިންމައި ޕީޖީއަށް ހުށަހެޅުމަށް ވެސް ވަނީ އަމުރުކުރައްވާފައިވެއެވެ.

Related News