ދިވެހި|English Aug 24, 2026 · 08:35
Top banner
Advertisement
ނިހާދު ފިނޭންސްގެ ސްޓޭޓް މިނިސްޓަރަކަށް
News

ނިހާދު ފިނޭންސްގެ ސްޓޭޓް މިނިސްޓަރަކަށް

އއަހުމަދު މުހައްމަދުJan 28, 2025
ސަސްޕެންޑްކޮށްފައިވާ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ނިހާދު ފިނޭންސްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ނިހާދު ސަސްޕެންޑްކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އޭނާ އެ މަގާމުން ސަސްޕެންޑްކޮށްފައިވަނީ މިދިޔަ ޑިސެމްބަރުގެ 23 ވަނަ ދުވަހުގެ ރޭ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާއެއްގައި ދެއްކެވި ވާހަތަކަކާ ގުޅިގެންނެވެ. ނިހާދު ވިދާޅުވެފައިވަނީ ރާއްޖޭގެ އިގުތިސޯދު މައި ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތް ފުނޑާލުމުގެ ގޮތުން އިދިކޮޅު މައި ޕާޓީ ކަމަށްވާ އެމްޑީޕީން ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅެނީ ރާއްޖެއަށް އަންނަ ދެ މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާތީ، އެކަމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ.

Related News