ދިވެހި|English Aug 24, 2026 · 09:34
Top banner
Advertisement
ޓޫރިޒަމް މިނިސްޓަރ ފައިސަލް މަގާމުން ވަކިކޮށްފި
News

ޓޫރިޒަމް މިނިސްޓަރ ފައިސަލް މަގާމުން ވަކިކޮށްފި

މމުހައްމަދު އަލީJan 28, 2025
މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިސަލް، އެމަގާމުން ވަކިކޮށްފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ފައިސަލް އެ މަގާމުން ވަކި ކުރެއްވީ މިއަދު ކަމަށް އެނގިފައިވެއެވެ. އެހެންނަމަވެސް އޭނާ ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރައްވައެވެ. ފައިސަލް މަގާމުން ވަކިކުރުމަށްފަހު އެ މިނިސްޓްރީ ހިންގެވުން މިއަދުން ފެށިގެން ވަގުތީ ގޮތުން ހަވާލު ކުރައްވާފައިވަނީ އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރ މުހައްމަދު ސައީދާ އެވެ. ފައިސަލް ޓޫރިޒަމަށް އައްޔަންކުރަން އުޅޭކަމުގެ އަޑުތަކާއެކު އެދާއިރާގެ އިސްމީހުންގެ ޝަކުވާތައް އިތުރުވިއެވެ. އެހެންނަމަވެސް ރައީސް ޑރ. މުއިއްޒު ފައިސަލަށް އެމަގާމް ދެއްވީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމްގެ އެދިވަޑައިގަތުމަކަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެނަސް ފައިސަލްވަނީ އެކަން ދޮގުކުރައްވައިފައެވެ.

Related News