ދިވެހި|English Aug 24, 2026 · 09:34
Top banner
Advertisement
އެމްއާރުއެމް އުވާލަން ނިންމައިފި
News

އެމްއާރުއެމް އުވާލަން ނިންމައިފި

މމުހައްމަދު އަލީJan 29, 2025
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރު.އެމް) އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރިކުރުމަށް ނިންމައިފި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އެޕާޓީ އުވާލަން ނިންމީ ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ ތިންހާސް މެންބަރުން ހަމަނުވާތީއެވެ. އެ އަދަދު ހަމަނުވާތީ އަދަދު ހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެޕާޓީއެއް މުއްދަތެއްވެސް ދެއްވިއެވެ. އެހެންނަމަވެސް މުއްދަތު ހަމަވިއިރުވެސް ތިންހާސް މެންބަރުން ހަމަވެފައިނުވާ ކަމަށް އީސީން ވިދާޅުވެފައިވެއެވެ. މި ޕާޓީއަކީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުއްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީއެކެވެ.  

Related News