ދިވެހި|English Aug 24, 2026 · 08:35
Top banner
Advertisement
ފަނަރަ މީހުންނާއެކު ދަތުރުކުރި ލޯންޗެއް އަޑިއަށް ހިންގައްޖެ
News

ފަނަރަ މީހުންނާއެކު ދަތުރުކުރި ލޯންޗެއް އަޑިއަށް ހިންގައްޖެ

މމުހައްމަދު އަލީJan 31, 2025
ފަނަރަ މީހުންނާއެކު ދަތުރުކުރި ލޯންޗެއް އަޑިއަށް ހިނގައްޖެއެވެ. ފުލުހުން ބުނީ މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުފަހު 2:30 އެހައިކަންހާއިރު ކަމަށެވެ. އެ ލޯންޗުގައި ތިބީ ހަ އަންހެނުންނާއި، ހަތަރު ފިރިހެނުންނާއި، ފަސް ކުޑަކުދިންނެވެ. މި އެންމެން ވަނީ ސަލާމަތްކޮށްގެން ށ. މިލަންދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ. މިއީ ރ. އުނގޫފާރުން ށ. މިލަންދުއަށް ދަތުރުކުރި ލޯންޗެކެވެ. ލޯންޗު އަޑިއަށް ދިޔައީ ށ. މާކަނޑޫދޫ ކައިރިއަށް ކަމަށް ފުލުހުންވަނީ ބުނެފައެވެ. މިހާދިސާ ހިނގަން މެދުވެރި ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

Related News