ދިވެހި|English Aug 24, 2026 · 08:01
Top banner
Advertisement
އެމްޑީޕީގެ ހިނގާލުން މިރޭ، ގިނަބަޔަކު ބައިވެރިވުމަށް އެ ޕާޓީންއެދޭ
News

އެމްޑީޕީގެ ހިނގާލުން މިރޭ، ގިނަބަޔަކު ބައިވެރިވުމަށް އެ ޕާޓީންއެދޭ

މމުހައްމަދު އަލީJan 31, 2025
އެމްޑީޕީން އިސްނަގައިގެން ބާއްވާ ބޮޑު ހިނގާލުން "ފުދިއްޖެ، ފުނޑިއްޖެ" މިރޭ އޮންނާނެއެވެ. ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:00 ގައި އާޓިފިޝަލް ބީޗުސަރަހައްދުންނެވެ. މިހިނގާލުމުގައި މާލޭގެ ދިރިއުޅޭ މީހުންގެ ތެރެއިން ގިނަބަޔަކު ބައިވެރިވާނޭ ކަމަށް އެނގިފައިވެއެވެ. ކުރިން މިހިނގާލުން ބާއްވަން ހަމަޖައްސާފައިވަނީ މިއަދު ހަވީރު ހަތަރެއްޖަހާއިރުއެވެ. އެހެންނަމަވެސް ފަހުންވަނީ މިރެއަށް ބަދަލުކޮށްފައެވެ. ހިނގާލުމުގައި ބައިވެރިންގެ ޝުއޫރުތައް ފާޅުކުރަމުން ގެންދާނޭ ކަމަށް އެނގިފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ސަރުކާރަށް ދޭން ބޭނުންވާ މެސެޖުތައް ކަމަށްވެސް އެނގިފައިވެއެވެ. ހިނގާލުން ލީޑުކުރާނީ އެޕާޓީގެ މަޖިލިސް މެންބަރުން ކަމަށް ވެސް އެނގިފައިވެއެވެ. ސަރުކާރު ޒިންމާދާރު ކުރުވުމުގެ ނަމުގައި މީގެ ކުރިން ވެސް އެމްޑީޕީން ވަނީ ޖަލްސާތަކާއި ކަންމަތީ ބައްދަލުވުންތަކާއި ހަރުގެ ޖަލްސާތައް ވެސް ބާއްވައިފައެވެ.

Related News