ދިވެހި|English Aug 24, 2026 · 08:39
Top banner
Advertisement
ބިދޭސީއެއްގެ އަތުން ތެއްތިރީސް ހާސް ރުފިޔާ ފޭރިގެންފި
News

ބިދޭސީއެއްގެ އަތުން ތެއްތިރީސް ހާސް ރުފިޔާ ފޭރިގެންފި

މމުހައްމަދު އަލީJan 31, 2025
ރޭ ދަންވަރު ބިދޭސީއެއްގެ އަތުން ތެއްތިރީސް ހާސް ފަސް ސަތޭކަ ރުފިޔާ ފޭރިގެންފިއެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ ރޭ  މެންދަމު ދެގަޑި ބާރާގައި ވަނީ ފުލުހުންނަށް ހުށަހަޅާފައި ކަމަށެވެ. ދެ ދިވެއްސަކު އެއްބައިވެގެން ބިދޭސީ މީހާއަތުން ފޭރިގެންފައިވަނީ ގުލާބީ ގޯޅީގައެވެ. މިމައްސަލާގައި ފުލުހުންވަނީ ހ. ރެދަން، ފަވާޒު ކަޅުތުއްތު (36އ) އާއި ތ. ތިމަރަފުށީ، ލަކީ ހައުސް، ސަފްވާން އަލީ (36އ) ބަންދުކޮށްފައެވެ. މި މައްސަލާގައި މިދެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔަ ކަމަށް ފުލުހުން ވިދާޅެއް ނުވެއެވެ. އަދި މިކަމާ ބެހޭ އިތުރު ތަފްސީލެއްވެސް ފުލުހުން އަދި ނުދެއްވައެވެ. މިމައްސަލަ މިހާރުދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުންވަނީ މައުލޫމާތު ދެއްވައިފައެވެ.

Related News