ދިވެހި|English Aug 24, 2026 · 08:02
Top banner
Advertisement
ސައިކަލް އެކްސިޑެންޓެއްގައި ބިދޭސީއަކު ނިޔާވެއްޖެ
News

ސައިކަލް އެކްސިޑެންޓެއްގައި ބިދޭސީއަކު ނިޔާވެއްޖެ

މމުހައްމަދު އަލީFeb 1, 2025
ސިނަމާލޭ ބްރިޖު ހައިވޭގައި ހިނގި ސައިކަލް އެކްސިޑެންޓެއްގައި ބަނގްލަދޭޝް ފިރިހެނަކު ނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެ އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހެނދުނު 8:19 އެހައިކަންހާއިރު ކަމަށެވެ. އެކްސިޑެންޓް ހިނގީ ހުޅުމާލެއިން މާލެ އަންނަ ލޭންގައި ހުންނަ ސޯލާ ޕެނަލްތައް ކަރީގައި މަސައްކަތް ކުރާކަން އަންގައި ދިނުމުގެ ގޮތުން ބަހައްޓާފައިހުރި ކޯނެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓަށްފަހު އޭނާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންދިޔައެވެ. އެމީހާ ނިޔާވެފައިވަނީ އެ ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާދެމުން ދަނިކޮށް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ނިޔާވެފައިވަނީ 9:05 އެހައިކަންހާއިރު ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ. މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

Related News