ދިވެހި|English Aug 24, 2026 · 08:01
Top banner
Advertisement
ކެފޭ މާރާމާރީ: ނޭޕާލް މީހާ ހައްޔަރު ކޮށްފި
News

ކެފޭ މާރާމާރީ: ނޭޕާލް މީހާ ހައްޔަރު ކޮށްފި

މމުހައްމަދު އަލީFeb 7, 2025
މާވެޔޮމަގުގައި ހުންނަ ކެފޭ އެއްގައި ހިންގި މާރާމާރީ އާ ގުޅިގެން ނޭޕާލުގެ ރައްޔިޔަކު ހައްޔަރު ކޮށްފޮއެވެ. އުމުރުން 24 އަހަރުގެ އެ މީހާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެރެއްގެ ދަށުން ކަމަށް ފުލުހުން ވިދާޅުވިއެވެ.  އޭނާ ހައްޔަރު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންނަށް ކޯޓަށް ވެސް ވަނީ ގެންގޮސްފަވެ. ކޯޓުންވަނީ ފަސް ދުވަހަށް އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައެވެ. މިމާރާމާރީގައި އަނިޔާވި ބަނގްލަދޭޝް މީހާއަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗުގެ އައީސީޔޫގައެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް އެ ހޮސްޕިޓަލުންވަނީ ވިދާޅުވެފައެވެ. މި މާރާމާރީއަށްފަހު ނޭޕާލް މީހާއަށް ވެސް ފަރުވާދީފައިވެއެވެ. އޭނާގެ ހާލު މިހާރު ރަނގަޅެވެ. މި ދެމީހުންނަކީ ވެސް އެ ކެފޭގައި މަސައްކަތް ކުރި ދެމީހުންނެވެ. ނޭޕާލު މީހާ މަސައްކަތްކުރީ ކައްކާއެއްގެ ގޮތުގައެވެ. ބަނގްލަދޭޝްމީހާ މަސައްކަތްކުރީ ކައްކާގެ އެހީތެރިއެއްގެ ގޮތުގައެވެ. ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ.

Related News