ދިވެހި|English Aug 24, 2026 · 08:34
Top banner
Advertisement
ހުޅުމާލެ މުނިސިޕަލް ޚިދުމަތް ކައުންސިލް ދަށަށް ބަދަލުކުރުމުގެ މަޝްވަރާ އަލުން ފަށައިފި
News

ހުޅުމާލެ މުނިސިޕަލް ޚިދުމަތް ކައުންސިލް ދަށަށް ބަދަލުކުރުމުގެ މަޝްވަރާ އަލުން ފަށައިފި

މމުހައްމަދު އަލީFeb 17, 2025
ހުޅުމާލޭ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމާ ބެހޭ ގޮތުން، ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީޑީ) އާއެކު އަލުން މަޝްވަރާ ފަށައިފި ކަމަށް މާލޭސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. މިއީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ކުރެވޭ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން އެޗްޑީސީއާއެކު ބޭއްވި ހަތަރު ވަނަ ބައްދަލުވުން ކަމަށްވެސް ސިޓީކައުންސިލުން ވިދާޅުވެފައިވެއެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ އާދިއްތަ ދުވަހު (މިއަދު) އެޗްޑީސީގައެވެ. މި މަޝްވަރާ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ ހުޅުމާލެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރުމުގައި ޤާނޫނީ އެއް ވެސް ހުރަހެއް ނެތް ކަމަށެވެ. އެހެން ކަމުން މިކަންކޮޅެއްގައި ނުޖެހި ދިގު ދެމިގެންދާތީ އެކަމާ ކަންބޮޑުވާ ކަމަށް ވިދާޅުވިއެވެ. މިކަން މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުވުން ލަސް ވަމުންދާތީ މޭޔަރު ވަނީ ސުވާލު އުފައްދަވައިފައެވެ. އެޗްޑީސީގެ މިހާރުގެ އެމްޑީ މައުރޫފް ޖަމީލު ވިދާޅުވީ، ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމާ ގުޅޭގޮތުން އިތުރަށް މަޝްވަރާކުރެވިދާނެ ކަމަށެވެ. އެގޮތުން އިދާރީ ގޮތުން ހަމަޖައްސަން ޖެހޭ ބައެއްކަންކަން ހުރިކަމަށް އެމްޑީ މަޢުރޫފް ވިދާޅުވި ކަމަށް ސިޓީކައުންސިލުން ވަނީ ވިދާޅުވެފައެވެ. ހުޅުމާލެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން ސަރުކާރުން ނިންމީ 2023 ވަނަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހު އެވެ.

Related News