ދިވެހި|English Aug 24, 2026 · 08:05
Top banner
Advertisement
ސަރުކާރުގެ ވައްކަމުގެ ސަބަބުން ރައްޔިތުން ނިކަމެތި ވެއްޖެ: ސައުދު
News

ސަރުކާރުގެ ވައްކަމުގެ ސަބަބުން ރައްޔިތުން ނިކަމެތި ވެއްޖެ: ސައުދު

މމުހައްމަދު އަލީFeb 24, 2025
ޑރ. މުއިއްޒުގެ މިސަރުކާރުގައި ފާއިތުވެދިޔަ ދުވަސްތަކުގައި ރައްޔިތުންވަނީ ވަރަށްބޮޑަށް ނިކަމެތިވެފައި ކަމަށް މޯލްޑިވްސް ޓްރޭޑު ޔޫނިއަންގެ ޗެއާޕާސަން ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ. ސައުދު ވިދާޅުވީ މިސަރުކާރުގެ އަމަލުތައް ފެންނަނީ ބަލިމަޑުކަމެއްގެ ގޮތުގައި ކަމަށެވެ. "މިވެރިކަމަކީ ދިވެހިގިނަ ރައްޔިތުންނަށް ފަހުގެ ތާރީޚެއްގައި ދިމާވާނޭ އެންމެ ބޮޑު ބަލިމަޑުކަން،" ރައީސް ޑރ. މުއިއްޒު ގެންދަވަނީ ރައްޔިތުންނަށް އިތުރުފުޅު ހައްދަވަމުން ކަމަށާއި އޭގެ ސަބަބުން ރައްޔިތުން ދަނީ އިތުރަށް ނިކަމެތިވަމުން ކަމަށް އޭނާ ވިދާޅުވިއެވެ. "މީނަގެ (ރައީސް މުއިއްޒު) ދޮގުހެދުމާއި މީނަގެ ސަރުކާރުން ކުރަމުންދާ ވައްކަމާއި ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ރައްޔިތުން ތިބީ ވަރަށްނިކަމެތި ހާލުގައި. މިކަމުން ސަލާމަތްވާންޖެހޭ،" ސައުދު ވިދާޅުވިއެވެ.  

Related News