ދިވެހި|English Jul 10, 2026 · 01:38
Top banner
Advertisement
އަނިޔާކުރިޔަސް ފަހަތަކަށް ނުޖެހޭނެ: ފައްޔާޒު
News

އަނިޔާކުރިޔަސް ފަހަތަކަށް ނުޖެހޭނެ: ފައްޔާޒު

މމުހައްމަދު އަލީMar 10, 2025
ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ނާގާބިލު ސަރުކާރެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ މިސަރުކާރުން ވަނީ ރައްޔިތުންގެ އެތަށް ހައްގެއް ފޭރި ރައްޔިތުން ބިކަކޮށްފައި ކަމަށެވެ. މި އަނިޔާވެރިކަމާ ދެކޮޅަށް އެމްޑީޕީގެ މެންބަރުން އަބަދުވެސް ނުކުންނާނޭ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. "ރައީސް މުއިއްޒު ކިތަންމެ ވަރަކަށް ހައްޔަރުކުރިއަކަސް އަނިޔާކޮށް ބިރުދެއްކި ކަމުގައި ވިޔަސް މި ޕާޓީގެ މެންބަރުން ފަހަތަކަށް ނުޖެހޭނެ. މައްޗަންގޮޅި ދެކުނު ދާއިރާގެ ރައީސް އިބްރާހީ އަބްދުﷲ ވަގުތުން މިނިވަން ކުރުމަށް ފުލުހުންނަށް ގޮވާލަން،" ފައްޔާޒު ވިދާޅުވެފައިވެއެވެ. އެމްޑީޕީން ކުރަމުންދާ މުޒާހަރާތަކުގައި ފުލުހުން ވަނީ ބައިވެރިންގެ ލޮލަށް ޕެޕަރ ސްޕްރޭ ޖަހައިފައެވެ.

Related News