ދިވެހި|English Aug 24, 2026 · 09:41
Top banner
Advertisement
މުޒާހަރާ ހޫނުވެ ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
News

މުޒާހަރާ ހޫނުވެ ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

މމުހައްމަދު އަލީMar 10, 2025
ރައްޔިތުންގެ ބާރުވެރިކަން ކަނޑުވާލައި ހުދުމުހުތާރު ވެރިކަމެއް ކުރަމުންދާތީ އަޑު އުފުލުމަށް އެމްޑީޕީން ބާއްވަމުން ގެންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން ރޭ ބޭއްވި މުޒާހަރާއިން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްފިއެވެ. މި މުޒާހަރާގައި ހައްޔަރުކޮށްފައިވަނީ އެމްޑީޕީގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ރައީސް އިބްރާހީމް އަބްދުالله އާއި، މައްޗަން ގޮޅީ މެދުދާއިރާގެ ރައީސް އަހުމަދު ޝަޒީނެވެ. އެ ދެމީހުން މިވަން ކުރުމަށް ގޮވާލަމުން ދަނިކޮށް ޝަޒީން ވަނީ ދޫކޮށްލައިފައެވެ. އިބްރާހީމް އަބްދުﷲ ހިފެހެއްޓީ މުޒާހަރާގެ ތެރެއިން ފުލުހަކަށް ހަމަލާދިން ކަމަށް ބުނެއެވެ. ހުކުރު ދުވަހުގެ ރެއިން ފެށިގެން އެމްޑީޕީން ގެންދަނީ ސިލްސިލާކޮށް މުޒާހަރާ ކުރަން ފަށައިފައެވެ. މުޒާހަރާގެ ބައިވެރިން ސަރުކާރަށް ގޮވާލަމުން ގެންދަނީ ސުޕްރީމް ކޯޓަށް ނުފޫޒާއި ބާރު ފޯރުވުމުން ހުއްޓާލުމަށެވެ. އަދި ފުލެޓު ލިބޭ މީހުންގެ ލިސްޓު މިސަރުކާރުން މުރާޖައަ ކުރިގޮތާމެދު ކަންބޮޑުވުން ވެސް ދަނީ ފާޅުކުރަމުންނެވެ.

Related News