ދިވެހި|English Aug 24, 2026 · 09:33
Top banner
Advertisement
އޯޓިޒަމް ކުދިންނަށް ލޯބި ދިނުމަކީ ގައުމީ ވާޖިބެއް: ރައީސް
News

އޯޓިޒަމް ކުދިންނަށް ލޯބި ދިނުމަކީ ގައުމީ ވާޖިބެއް: ރައީސް

މމުހައްމަދު އަލީApr 2, 2025
އޯޓީޒަމް ކުދިންނަށް ލޯތްބާއި އަޅާލުން ދިނުމަކީ ގައުމީ ވަޖިބެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއުއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގޭ އޯޓިޒަމް ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ކޮންމެ ދިވެހި ދަރިއަކީ މިގައުމަށް މުހިންމު އަގުހުރި ދަރިއެއް ކަމަށެވެ. އޯޓިޒަމް ތަހައްމަލް ކުރަމުންދާ ކޮންމެ ކުއްޖަކީވެސް ގައުމަށް މަންފާކޮށްދޭނޭ އެތައް ހުނަރެއްހުރި މޮޅު ކުއްޖެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ދުނިޔޭގެ އޯޓިޒަމް ދުވަހަކީ އެޕްރީލް ދެވަނަ ދުވަހެއެވެ.

Related News