ދިވެހި|English Aug 24, 2026 · 09:46
Top banner
Advertisement
އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް ބާއްވަން ނިންމައިފި
News

އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް ބާއްވަން ނިންމައިފި

މމުހައްމަދު އަލީApr 13, 2025
މިއަހަރުގެ އޮގަސްޓު 15 ގެ ކުރިން އާދަޔާ ޚިލާފު ކޮންގްރެސް އެއް ބާއްވަން އެމްޑީޕީން މިރޭ ފާސްކޮށްފިއެވެ. މިރޭ އެޕާޓީގެ އޮފީހުގައި ބޭއްވި ގައުމީ މަޖިލިހުގެ ޖަލްސާއިން މިގޮތަށް ފާސްކުރީ ބައިވެރިންގެ އިއްތިފާގުންނެވެ. އެމްޑީޕީން އާދަޔާ ޚިލާފު ކޮންގްރެސްއެއް ބާއްވަން މިރޭ ފާސްކުރީ މިއަހަރުގެ އޮގަސްޓުގެ ކުރިން ކޮންގްރެސް ބާއްވާނޭ ކަމަށް ޗެއާޕާސަން ފައްޔާޒު ވިދާޅުވެފައި ވަނިކޮށްގެންނެވެ. މިދުވަސްކޮޅަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓާމެދު އާންމު ބައެއް މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވާ ދުވަސްވަރެކެވެ. މިހާލަތުގައި ރައީސް ނަޝީދު ވަނީ ގައުމަށާއި އެމްޑީޕީއަށާއި ޑެމްސަށް އެންމެ ފައިދާވަނީ ޑެމްސާއި އެމްޑީޕީ ގުޅުން ކަމަށް ވިދާޅުވެފައެވެ.

Related News