ދިވެހި|English Aug 24, 2026 · 08:05
Top banner
Advertisement
މަޑުލު ވަހީދު އަވަހާރަ ވެއްޖެ
News

މަޑުލު ވަހީދު އަވަހާރަ ވެއްޖެ

މމުހައްމަދު އަލީApr 14, 2025
ދިވެހިބަހާއި އަދަބިއްޔާތާއި، ނޫސްވެރިކަމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މަޑުލު މުހައްމަދު ވަހީދު އަވަހާރަށް ވެއްޖެއެވެ. އަވަހާރަވީ ގިނަދުވަސްތަކެއް ވަންދެން އަލާސްކަންފުޅާ އުޅުއްވުމަށްފަހު މިއަދުއެވެ. އަވަހާރަވީ އައީޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށްނެވެ. އޭރު އުމުރުންފުޅުން 77 އަހަރެވެ. ވަހީދަކީ ރާއްޖޭގައި ނޫސްވެރިކަން ތަރައްގީ ކުރުމަށް ނޫސްވެރިން ތަމްރީން ކުރުމުގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އަދި ވާހަކަ ލިޔުމުގެ ހުނަރުވެސް އެތައް ބަޔަކަށް ދަސްކޮށްދެއްވި ބޭފުޅެކެވެ. ވަހީދަކީ 1985 ވަނަ އަހަރު ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ އިނާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި 1997 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި 2019 ވަނަ އަހަރު ވަނީ ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އިނާމްވެސް ހާސިލް ކުރައްވާފައެވެ.

Related News