ދިވެހި|English Aug 24, 2026 · 08:39
Top banner
Advertisement
މާލެ ސިޓީ ކައުންސިލުން ސްކޮލަރޝިޕްތަކެއް ހުޅުވާލައިފި
News

މާލެ ސިޓީ ކައުންސިލުން ސްކޮލަރޝިޕްތަކެއް ހުޅުވާލައިފި

މމުހައްމަދު އަލީApr 17, 2025
މާލެ ސިޓީ ކައުންސިލުން މާލެ ސިޓީގެ ރައްޔިތުންނަށް، 50 ސްކޮލަރޝިޕްގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މިއީ މަސައްކަތްތެރިކާމާއި ފަންނީ ތަމްރީނު ހޯދުމަށް ތަފާތު ހަ ދާއިރާ އަކުން ހުޅުވާލި ސްކޮލަރޝިޕްތަކެކެވެ. މި ފުރުޞަތުތަކަކީ މާލެ ސިޓީ ކައުންސިލާއި، ސްޓްރޯންގް ސިޓީސް ސައުތު އޭޝިއާ ރީޖަނަލް ހަބާ އެކު ވެފައިވާ އެއްބަސް ވުމެއްގެ ދަށުން މާލެ ސިޓީ ކައުންސިލުން ހޯދާފައިވާ ފުރުޞަތުތަކެއް ކަމަށްވެސް ބުނެފައިވެއެވެ. ސްކޮލަރޝިޕްގެ މިފުރުސަތު ހުޅުވާފައިވަނީ 15 އޭޕްރިލް 2025 ވަނަ ދުވަހުއެވެ. ސްކޮލަރޝިޕް ފުރުޞަތު ތަކުގެ ތެރޭގައި، ޞިއްޙީ ދާއިރާއާއި، އިމާރާތް ކުރުމާއި، އިންޖެނިއަރިންގެ ދާއިރާއާއި، ތަޢުލީމީ ދާއިރާގެ އިތުރުން، އައިޓީ އަދި ޑިޖިޓަލް ދާއިރާ ހިމެނެއެވެ. މީގެ އިތުރުން ވެސް ވިޔަފާރީގެ ދާއިރާއާއި ހޮސްޕިޓަލިޓީ އަދި ކަސްޓަމަރ ކެއަރ ގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއިން ފުރުޞަތު ހުޅުވާލާފައިވެއެވެ. 3 މަހާއި 6 މަހާ ދެމެދުގެ މުއްދަތަކަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމްތައް އޮންނާނީ ޕާކިސްތާނުގައެވެ. މި ޕްރޮގްރާމްތަކަށް ހޮވޭ ފަރާތްތަކަށް، މާލެއިން ޕާކިސްތާނަށް ދިއުމުގެ ދަތުރު ޚަރާދާއި، ހުރުމާއި ކެއުން އަދި ކޯސް ފީ ލިބިގެންދާނޭ ކަމަށް ސިޓީކައުންސިލުން ވަނީ ބުނެފައެވެ. މި ސްކޮލަރޝިޕްތަކަށް މީހުން ހޮވުމުގައި އޯލެވެލް ނަތީޖާގެ އިތުރުން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ މެދުގައި ކުރެވޭ އިންޓަވިއު އިން ލިބޭ ނަތީޖާއަށް ބެލެވޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ހަމަކޮށްފައެވެ. މި ސްކޮލަރޝިޕްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ، 20 އޭޕްރިލް 2025 ވަނަ ދުވަހެވެ. ސްކޮލަރޝިޕްތަކާ ގުޅޭ އިތުރު މަޢުލޫމާތު، މާލެ ސިޓީ ކައުންސިލުންގެ ގެޒެޓްގައި ޝައިޢުކޮށްފައިވާ އިޢުލާންތަކުން ނުވަތަ، 1622 އަށް ގުޅުއްވައިގެން ލިބޭނެއެވެ.  

Related News