ދިވެހި|English Aug 24, 2026 · 08:35
Top banner
Advertisement
ލައްކައަކަށްވުރެ ގިނަ ސިނގިރެޓު އަތުލައިގެންފި
News

ލައްކައަކަށްވުރެ ގިނަ ސިނގިރެޓު އަތުލައިގެންފި

މމުހައްމަދު އަލީApr 20, 2025
ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު ލައްކައަކަށްވުރެ ގިނަ ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ވިދާޅުވެފައިވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން އިއްޔެގެ ވަގުތެއްގައެވެ. ކަސްޓަމްސްއިން ވިދާޅުވެފައިވަނީ އެތެރެކުރަން އުޅުނު ސިނގިރެޓުގެ ޖުމްލަ އަދަދަކީ 130،155 އެވެ. ގާނޫނަށް ގެނައި ބަދަލަށް ފަހު އެކިގޮތްގޮތުން ރާއްޖެއަށް ސިނގިރެޓު އެތެރެކުރަން މަސައްކަތްކޮށްފައިވެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތެރޭންވެސް ހުއްދަ ނެތި ސިނގިރޭޓް އެތެރެކުރަން އުޅުނު ދެ މީހަކުވެސް މިދިޔަ މަހުވަނީ އަތުލައިގެންފައިވެއެވެ. މީގެ އިތުރުން ޖެނުއަރީ މަހުގެ 31ވަނަ ދުވަހުގައިވެސް މާލޭގައި ސިނގިރޭޓު އުފައްދަމުންދާކަމަށް ތުހުތުކުރެވޭ ތަނެއް ބަލައި ފާސްކޮށް 103 ފޮށިގަނޑު އަތުލައިގެންފައިވެއެވެ. މީގެއިތުރުން ކަސްޓަމްސްގައި ރަޖިސްޓަރީކޮށްފައިވާ ދެ ބޮންޑެޑް ވެއަރ ހައުސްއަކުން ގަވާއިދާ ޚިލާފަށް 575 ކޭސް ސިނގިރޭޓު ނެރުނު މައްސަލައެއް ތަޙްޤީގުކޮށް އެދެ ވެއަރހައުސްގެ ރަޖިސްޓްރީ މިދިޔަ ފެބްރުއަރީ މަހު ވަނީ ބާޠިލްކޮށްފައެވެ. އަދި މިމައްސަލައިގައި ހިމެނޭ މުދަލަށް ބޮންޑެޑްވެއަރހައުސް އިން ކަސްޓަމްސް އަށް ދައްކަންޖެހޭ ރުފިޔާ ޝަރީޢަތް މެދުވެރިކޮށް ހޯދުމަށްޓަކައި ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައެވެ.  

Related News