ދިވެހި|English Aug 24, 2026 · 08:43
Top banner
Advertisement
އައިޑީކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް މިލަންދޫގައި ފަށައިފި
News

އައިޑީކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް މިލަންދޫގައި ފަށައިފި

މމުހައްމަދު އަލީApr 21, 2025
އައިޑީކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް ށ. މިލަންދޫގައި ފަށައިފި އެވެ. މިޚިދުމަތް އެރަށުގައި ފަށައިފައިވަނީ އެރަށުގެ ކައުންސިލާއި ނެޝަނަލް ރަޖިސްޓްރޭޝަން ގުޅިގެންނެވެ. ހޯމް  މިނިސްޓްރީން ބުނެފައިވަނީ އައިޑީކާޑަށް އެދި ހުށަހަޅާތާ 24 ގަޑިއިރުގެ ތެރޭގައި އެރަށުން މިހާރު ޚިދުމަތް ލިބޭނޭ ކަމަށެވެ. ސަރުކާރުން ބުނެފައިވަނީ މީގެ ކުރިން މާލެއިން އެކަނި ލިބޭ އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ގާތުން ދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅެއް ކަމަށެވެ. ނިމިދިޔަ ނޮވެމްބަރު މަހުން ފެށިގެން އަދާހަމައަށް އެކި ރަށްރަށުގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ވަނީ ގާއިމުކޮށްފައި ކަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ. ސަރުކާރުން މަސައްކަތްކުރަނީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އައިޑީކާޑު ޕްރިންޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. މީގެ އިތުރުން އާއްމުކޮށް ދިވެހިން ގޮސްއުޅޭ ބައެއް ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށް ޑީއެންއާރުން ދަނީ ތައްޔާރުވަމުންނެވެ. މިގޮތުން މެލޭޝިއާއާއި، ސްރީލަންކާއާއި، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުން ކަމަށް ހޯމްމިނިސްޓްރީން ބުނެފައިވެއެވެ. އައިޑީކާޑު، ޕްރިންޓް ކުރުމުގެ ޚިދުމަތް ފުރަތަމަ ފަހަރަށް އަތޮޅުތެރޭގެ ރަށެއްގައި ފަށާފައިވަނީ ގއ. ވިލިނގިލީގައެވެ.  

Related News