ދިވެހި|English Jul 10, 2026 · 02:16
Top banner
Advertisement
ސަތާރަ މެނޭޖަރުންނާއެކު ރިސޯޓް ސޭފްޓީ ކޮންފަރެންސް ބާއްވައިފި
News

ސަތާރަ މެނޭޖަރުންނާއެކު ރިސޯޓް ސޭފްޓީ ކޮންފަރެންސް ބާއްވައިފި

މމުހައްމަދު އަލީApr 28, 2025
ރ. އަތޮޅު ރިސޯޓް ސޭފްޓީ އެންޑް ސެކިއުރިޓީ ކޮންފަރެންސް ބާއްވައިފިއެވެ. ފުލުހުން ވިދާޅުވީ މި ކޮންފަރެންސް ބާއްވާފައިވަނީ އެޕްރީލް 26 އިން 27 އަށް ކަމަށެވެ. މިއީ ރ. އަތޮޅު ޕޮލިހާއި ޖޯލި މޯލްޑިވްސް ރިސޯޓު ގުޅިގެން ކުރިއަށް ގެންދިޔަ ކޮންފަރެންސެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މި ކޮންފަރެންސުގައި ވަނީ، ރ. އަތޮޅުގައި ހިންގާ 17 ރިސޯޓުގެ ސެކިއުރިޓީ މެނޭޖަރުން ބައިވެރިވެފައެވެ. މިޕްރޮގްރާމުގައި މައުލޫމާތު ދީފައިވަނީ ރިސޯޓް ސެކިއުރިޓީ އެންޑް ސޭފްޓީ ކަންކަން ހަރުދަނާ ކުރުމުގެ ގޮންތުންނާއި ދިމާވާ އިމަޖެންސީ ހާލަތުގައި އަމަލުކުރާނެ ގޮތްތަކާއި ރިސޯޓުތަކުގައި އާއްމު ގޮތެއްގައި ދިމާވާ ހާދިސާތަކުގައި އަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. މި ޕްރޮގްރާމްގައި މައުލޫމާތުދެއްވީ ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓާއި ޓޫރިސްޓް ޕޮލިހާއި ސްޓްރެޓީޖިކް ޕްލޭނިން އެންޑް ލީގަލް ސަވިސްއާއި ރ. އަތޮޅު ޕޮލިސް ފަރާތުންނެވެ. ޖޯލި މޯލްޑިވްސް ރިސޯޓުގައި ކުރިއަށް ގެންދިޔަ މިޕްރޮގްރާމް ފަށްޓަވައި ދެއްވީ އެސިސްޓެންޓް ކޮމިޝަނަރ  އޮފް ޕޮލިސް އަޙްމަދު ޝިފާން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.  

Related News