ދިވެހި|English Aug 24, 2026 · 08:43
Top banner
Advertisement
ދެކުނު އެފްރިކާގެ ފްރީޑަމް ޑޭ ގެ ތަހުނިޔާ ރައިސް ފޮނުއްވައިފި
News

ދެކުނު އެފްރިކާގެ ފްރީޑަމް ޑޭ ގެ ތަހުނިޔާ ރައިސް ފޮނުއްވައިފި

ހިރި ނިއުސްހިރި ނިއުސްApr 28, 2025
ދެކުނު އެފްރިކާގެ ފްރީޑަމް ޑޭ ގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ސިރިލް މަޓަމެލަ ރަމަފޯސާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. ‎ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދެކުނު އެފްރިކާގެ ފްރީޑަމް ޑޭ ގެ މުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެ ޤައުމުގެ ރައީސަށާއި ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެއުއެދުންތައް އަރިސްކުރައްވާފައިވެއެވެ. ‎ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ ދެކުނު އެފްރިކާގެ ރައީސަށް ސަލާމަތް ސިއްޙަތަކާއި އުފާވެރިކަމަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.
  • ޚަބަރާއި ފޮޓޯ ރައީސް އޮފީސް
   

Related News