ދިވެހި|English Aug 24, 2026 · 08:43
Top banner
Advertisement
ގެއްލުނު ދޯނި އިންޖީނު ހުއްޓިފައިވަނިކޮށް ފެނިއްޖެ
News

ގެއްލުނު ދޯނި އިންޖީނު ހުއްޓިފައިވަނިކޮށް ފެނިއްޖެ

މމުހައްމަދު އަލީApr 29, 2025
މިހިނގާ އޭޕްރިލް 27 ވަނަ ދުވަހުގެ ރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ފުރައިގެން ހުޅުމާލެއަށް ދަތުރުކުރި ”ބްރިލިއަންޓް ކެރިއަރ“ ނަމަކަށް ކިޔާ ދޯނި ގެއްލިގެން ހޯދަމުންދަނިކޮށް ފެނިއްޖެއެވެ. ފުލުހުން ވިދާޅުވީ އެ ދޯނިފެނިފައިވާކަން އަންގާފައިވަނީ އެމްއެންޑީއެފުން ކަމަށެވެ. ދޯނިފެނިފައިވަނީ ލ. އަތޮޅު ފޮނަދޫ ކައިން ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. ފެނުނުއިރު ދޯނީގެ އިންޖީނުވަނީ ހުއްޓިފައި ކަމަށްވެސް ބުނެފައިވެއެވެ. ދޯނި ފެނިފައިވަނީ ރޭ ފަތިހު 5.00 އެހައިކަންހާއިރު ކަމަށް ފުލުހުންވަނީ ބުނެފައެވެ. ދޯންޏަށް ބޭނުންވާ އެހީތެރިކަން އެމްއެންޑީއެފް ކޯސްޓުގާޑުން ވަނީ ފޯރުކޮށްދީފައެވެ. އެއިން ދަތުރުކުރި ފަސް މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.  

Related News