ދިވެހި|English Jul 10, 2026 · 01:30
Top banner
Advertisement
މަހުޒޫމް ހައްޔަރުކުރީ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރުމުން
News

މަހުޒޫމް ހައްޔަރުކުރީ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރުމުން

މމުހައްމަދު އަލީMay 2, 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާ އިން މިރޭ ހައްޔަރުކުރި ދެ ޒުވާނުން ހައްޔަރުކުރި ސަބަބު ފުލުހުން ހާމަކޮށްފިއެވެ. މިރޭގެ އިހްތިޖާޖުގެ ތެރެއިން ހައްޔަރުކޮށްފައިވަނީ، ނ.ކުޑަފަރި، ބަގީޗާގެ، ޢަބްދުﷲ މަޙްޒޫމް މާޖިދު (28އ) އާއި މ. ހަސްތީ/ ޢާއިޝަތު ޝިމަން އަޙްމަދު (19އ) އެވެ. ފުލުހުން ބުނީ ޢަބްދުﷲ މަޙްޒޫމް މާޖިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި ޢާއިޝަތު ޝިމަން އަޙްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ. މި ދެޒުވާނުން ވަގުތުން ދޫކޮށްލުމަށް އެމްޑީޕީން ވަނީ ގޮވާލައިފައެވެ.

Related News