ދިވެހި|English Aug 24, 2026 · 08:05
Top banner
Advertisement
ޒުވާނުންގެ މުޒަހަރާ ރޫޅާލީ ސަބަބު ފުލުހުން ބުނެފި
News

ޒުވާނުންގެ މުޒަހަރާ ރޫޅާލީ ސަބަބު ފުލުހުން ބުނެފި

މމުހައްމަދު އަލީMay 2, 2025
ޔުމްނު އަށް އިންސާފު ހޯދައިދިނުމަށް ޒުވާނުން ކުރަމުންދިޔަ މުޒާހަރާ ރޫޅާލި ސަބަބުން ފުލުހުން ބުނެދީފިއެވެ. ފުލުހުން ބުނީ މުޒާހަރާ ރޫޅާލީ ދަރިވަރުންގެ ތައުލީމީ މަސްލަހަތަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ. މީގެ އިތުރުން ފުލުހުން ބުނެފައިވަނީ މާދަމާއަކީ ޖީސީއީ އޯލެވެލް އިމްތިހާނަށް ގިނަދަރިވަރުން ހާޒިރުވާންޖެހޭ ދުވަހަކަށްވުމާއެކު އެކިރޭމަތީން ތަކުރާރުކޮށް މުޒާހަރާގެ ބައިވެރިންނަށް ނަސޭހަތްތެރިވެ ގާނޫނީ އިންޒާރު ދީފައިވާނޭ ކަމަށެވެ. ފުލުހުން ބުނެފައިވަނީ ދުއްވާ އުޅަނދުފަހަރަށް މަޖީދީމަގު ބަންދުވާ ގޮތަށް ބައެއް ޒުވާނުން ކުރަމުންދާ މުޒާހަރާ ކުރުމުން ދުއްވާމީހުންގެ ޝަކުވާ ލިބެމުން އަންނަނަ ކަމަށެވެ. އޭގެ އިތުރުން އެސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް އުނދަގީވެގެން އެކަމުގެ ޝަކުވާވެސް މެދު ނުކެނޑި ލިބެމުން އަންނަ ކަމަށެވެ. މަޖީދީމަގުފަދަ މުހިންމު މަގެއް ބަންދުކޮށްގެންތިބެ މިޔުޒިކު ކުޅުމާއި، ޓީޓީ ކުޅުމާއި ކެރަމް ކުޅުންފަދަ ކަންކަމަކީ އާންމު މަސްލަހަތާ ފުށުއަރާކަމެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އެހެން ކަމުން މިފަދަ ކަންކަން ނުކުރުމަށް ތަކުރާރުކޮށް ޒުވާނުންނަށް ނަސޭހަތްތެރިވެފައިވާނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.  

Related News